ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޮޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް މިއަދު އެންގޭޖްވެއްޖެއެވެ. މިދެމީހުން އެންގޭޖްވެފައި ވަނީ މުމްބާއީގައި ހުންނަ ޕްރިޔަންކާގެ ގޭގައެވެ. ދެ މީހުންގެ އާއިލާއާއި ގާތް ރަހުމަތްތެރިންނަށް އެންގޭޖްމެންޓް ޕާޓީއެއް މިރޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިދެމީހުން އެންގޭޖްވެފައި މިވަނީ އިންޑިޔަން ސްޓައިލަށެވެ. އެންގޭޖްމެންޓް ހަފްލާގެ ފޮޓޯތައް މިހާރު އާންމުވެފައިވާއިރު ފޮޓޯތަކުން ފެންނަނީ ދެމީހުންވެސް ޕަންޖާބީ ހެދުން ލައިގެން ތިބިތަނެވެ.
ޕްރިޔަންކާ އާއި އެންގޭޖުވުމަށް ނިކް މުމްބާއީއަށް އޭނާގެ މައިންބަފައިނާ އެކު އައިސްފައިވަނީ ހުކުރު ދުވަހުއެވެ. ނިކްގެ އެއްބަނޑު އެއްބަފާ ދެ ބޭބެ ކެވިން ޖޯނަސް އާއި ޖޯއީ ޖޯނަސް ވެސް އިއްޔެ ވަނީ މުމްބާއީއަށް އައިސްފަ އެވެ. މިއީ މިދެއާއިލާ ބައްދަލުވި ފުރަތަމަ ފަހަރުވެސް މެއެވެ.
އެންގޭޖްމަންޓް ޕާޓީއަށް ޕްރިޔަންކާ ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އޭނާގެ ރަހުމަތްތެރިނަށް ދައުވަތު ދީފަ އެވެ. ޕާޓީ ބާއްވާ ހޮޓެލުން 200 ކޮޓަރި ވަނީ ގެސްޓުންނަށް ބުކްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް