ބޮލީވުޑް އެންމެ މަޤްބޫލު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ ގެ ކައިވެނި ނޮވެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނާއިރު މިހާރު އިވޭ އަޑަކީ މިކައިވެންޏަށް ތައްރާވާން ދެ އާއިލާއިން ފެށި ވާހަކައެވެ. ކައިވެނި ހަފްލާއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެތާއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ދެ ފަރާތުގެ އާއިލާއިން އަންނަނީ ކައިވެނީގެ ހަފްލާއަށް ބޭނުންވާ އެއްޗެހި ގަންނަމުންނެވެ.
ފުރަތަމަ ކަމެއްގެ ގޮތުން ދެ އާއިލާއިން ކުރަމުންދާ ކަމަކީ ކައިވެނި ހަފްލާއަށް ދައުވަތު ދޭނެ މީހުންގެ ލިސްޓް ތައްޔާރުކުރުމެވެ. މިކަން ފަސޭހަކަމަކަށް ނުވާނެ ތާއެވެ. ދެންވެސް އޮތީ ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ކައިވެނީގެ ހަފްލާގައި ބޭނުންކުރާގެ ގަހަނާ ކަނޑައަޅާ އެގަތުމުގެ މަސައްކަތެވެ. ރިޕޯޓްތައް ބުނާގޮތުން ދެ އާއިލާއިން ކައިވެނީގެ ހަފްލާގައި ބޭނުންކުރުމަށް ހޯދަމުންދަނީ ރިހި ގަހަނާ އެވެ. އިންޑިޔާގެ ކައިވެންޏަކީ ގަހަނާތަކުން ޒީނަތްތެރިވެގެން ތިބުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަކަށްވާއިރު ލިސްޓުގެ އެންމެ ކުރީގައި ގަހަނާ ހޯދުމުގެ ކަންކަން ކޮންމެހެންވެސް ބާއްވަން ޖެހޭނެތާއެވެ.
ރިޕޯޓްތައް ބުނާގޮތުން ދީޕިކާ އާއި ރަންވީރު ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގައެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދޭނީ ދެފަރާތުގެ އާއިލާއާއި ގާތްރަހުމަތްތެރިންނަށް އެކަނި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް