ފެބްރުއަރީ އެކެއްގައި ވެރިކަން ގެއްލުނީބާއޭ ހިތަށްއެރި: އަދުރޭ

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ތިބީ ވެރިކަން ގެއްލުނީބާއޭ ހިތަށް އަރައަރާ ކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅ...

18 Aug 2018 | 04:11

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ތިބީ ވެރިކަން ގެއްލުނީބާއޭ ހިތަށް އަރައަރާ ކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އިއްޔެ ފޮނަދޫގައި ޕީޕީއެމްގެ ދެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން އެންމެން ތިބީ ވަރަށް ކަންބޮޑުވެފަ، ދެން ހަދާނެ ގޮތެއް ނޭންގިފަ، ކިހިނެއްބާއޭ ހަދާނީ ދެން ހަމަ ވެރިކަން ގެއްލުނީބާއޭ ހިތަށް އަރައަރާ ތިބީ، އެހެންނަމަވެސް އަމުރު ނެރުނުތާ ތިން މިނެޓެއްހާއިރު ތެރޭގައި ރައީސް ގުޅުއްވާފަ ވިދާޅުވީ އެމީހުން ޖަހާ ކޮންމެ މަޅިއަކަށް ނުބެދޭނަމޭ، ގައުމާ ގައުމުގެ ރައްޔިތުންނާއެކު ސަލާމަތްވާނަމޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ފެބްރުއަރީ އެކެއް އެއީ ތާރީހުގައިވެސް (ވެރިކަމަށް) ދިމާވި އެންމެ ނުރައްކާތެރި ދުވަސް ކަމަށާއި އެއަށްވުރެ ނުރައްކާތެރި ދުވަހެއް ބޮޑު ތަކުރުފާނު ދުވަސްވަރުގަވެސް އަދި ދޮންބަންޑާރައިން ދުވަސްވަރުވެސް މިގައުމުގަ ދިމާނުވާކަމަށެވެ.

"ދުނިޔޭގެ ތާރީހަށް ބައްލަވާ، ދުނިޔޭގެ އެއްވެސް ގައުމެއްގަ ޝަރުއީ ދާއިރާއިން ބަގާވާތެއް ކޮށްފައި އޮތްތޯ، ނޯންނާނެ" އަދުރޭ ވިދާޅުވިއެވެ.

އެ މައުލޫގައި ވާހަކަފުޅުދައްކަވަމުން އަދުރޭ އިތުރަށް ވިދާޅުވީ އެދުވަހު އެއީ އިބޫނަމަ ފުންމާލައިގެން ރައްކާވާނެ ކަމީ ސަތޭކައިން ސަތޭކަ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް