އައިޖީއެމްއެޗުން ބައި ލަންކަ ޕީސީއާރު ޓެސްޓު ހަދައިފި

ކޯވިޑް-19 ހުރިތޯ ބަލަން އައިޖީއެމްއެޗުން ބައި ލައްކަ ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އެ ހޮސްޕިޓަލުން ބުނީ އިއްޔެގެ ނިޔަލަށް 50،000 ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށެވެ. ޕީސީއާރު ޓ...

18 Jul 2020 | 03:51

ކޯވިޑް-19 ހުރިތޯ ބަލަން އައިޖީއެމްއެޗުން ބައި ލައްކަ ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އިއްޔެގެ ނިޔަލަށް 50،000 ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށެވެ. ޕީސީއާރު ޓެސްޓަކީ، މީހެއްގެ ގައިގައި ކޮވިޑް ވައިރަސް ހުރިތޯ ޔަގީން ކުރުމަށްޓަކައި އެންމެ އަވަހަށް ދެނެގަނެވޭ ޓެސްޓެވެ.

މި ޓެސްޓު ހަދަން ސާމްޕަލް ނަގަނީ އަނގައިންނާއި ނޭފަތުންނެވެ.

މިހާރު ރާއްޖޭގައި ކޮންމެ ދުވަހަކު 1،000 އާއި ގާތްކުރާ އަދަދަކަށް ކޯވިޑް ޓެސްޓު ހެދޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އައިޖީއެމްއެޗުގެ އިތުރުން މިހާރު ފުލުހުންގެ ފޮރެންސިް ލެބް، އޭޑީކޭ ލެބް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރެ އެވެ.

މިހާތަނަށް ރާއްޖޭގައި ޖުމްލަ 65،799 ސާމްޕަލް ކޯވިޑަށް ޓެސްޓު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައްޔަށް ޕޮސިިވްވެފައިވަނީ 2،913 މީހުންނެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 2،340 މީހަކު ވަނީ ރަނގަޅުވެފައި އެވެ. ބަލީގައި މަރުވެފައިވަނީ 15 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް