ތިމާގައިގަ ހުރި ބަލިމަޑުކަމެއް އެހެން ބަޔަކަށް ސިއްރުކުރާކަށް ނުޖެހޭ!

ދުނިޔެ މައްޗަކީ އިމްތިހާންތަކުން ފުރިގެންވާ ތަނެކެވެ. އިންސާނާގެ ހަޔާތުގައި ކުރިމަތިވާނީކީ އެންމެ ބޭނުންވާ ކަންތައްތަކެއް ނޫނެވެ. އެންމެ ހިތް ނޭދޭ ވަގުތުގައިވެސް ކިތަންމެ ބޮޑު ހިތާމައަކާއި ކުރިމަތިލާނ...

18 Jul 2019 | 12:16

ދުނިޔެ މައްޗަކީ އިމްތިހާންތަކުން ފުރިގެންވާ ތަނެކެވެ. އިންސާނާގެ ހަޔާތުގައި ކުރިމަތިވާނީކީ އެންމެ ބޭނުންވާ ކަންތައްތަކެއް ނޫނެވެ. އެންމެ ހިތް ނޭދޭ ވަގުތުގައިވެސް ކިތަންމެ ބޮޑު ހިތާމައަކާއި ކުރިމަތިލާންވެސް ޖެހިދެއެވެ. މިއީ ހަގީގަތެވެ. ދުނިޔޭގެ އުސޫލެވެ.

ހަމަ އެފަަދައިން ދުނިޔެމަތީގައި އިންސާނުންނަށް ދިމާވާ ބަލި މަޑުކަމަކީވެސް މިފަދަ އިމްތިހާނެކެވެ. އެހެންނަމަވެސް މިފަދައިން މިކަން ދެކި އުޅެނީ އަހަރެމެން ތެރެއިން މަދު ބައެކެވެ. ގިނަ މީހުން ބޮޑު ބަލި މަޑުކަމެއް ޖެހިއްޖެ ހާލަތުގައި އެކަން ސިއްރުކޮށް އުޅެއެެވެ. އެހެނަސް އެއީ ކުރުން މުޅިން ރަނގަޅު ކަމެއް ނޫނެވެ.

މީހުންނަށް ސިއްރުކުރުމުގެ ގޮތުން، އެ ހުރި ބަލިމަޑުކަމަކާއި ގުޅޭގޮތުން މަތިމައްޗަށް ދޮގުހެދުމުން އޭގެއިން ލިބޭ ފައިދާއެއް އޮތީހެއްޔެވެ؟ އެހެނަސް އޭގެ ބަދަލުގައި އެ ކަމެއް ސިއްރުނުކޮށް ހާމަކުރުމުން ހަމަގައިމުވެސް އެހެން މީހުންގެ ހެޔޮ ދުއާވެސް ލިބޭނެއެވެ.

މިދުނިޔެމަތީގައި ދިމާވާ އިމްތިހާން ތަކާއި ކުރިމަތިލާންޖެހޭނީ ކެތްތެރިކަމާއި ހިތްތިރި ކަމާއި އެކުގައެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ އެއްވެސް މީހަކަށް އެމީހަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެތެއެވެ. އެހެންކަމުން ދުނިޔެމަތީގައި ތިމާވާ ކަންތަކުން ފިލާވަޅު ލިބިގަނެ ދިރިއުޅުމުގައި ދިމާވާ ކަންތަކާއި ކެރިގެން ކުރިމަތިލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް