ޝާހުރުކް ހާން ރާއްޖޭގައި

ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުކު ޚާން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ. ޝާހުރުކް ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު އެވެ. މިއަދު ހެނދުނުގެ ވަގުތު މޫސުން ގޯސްވެފައި ވަނިކޮށް ވެލާނާ އެއާޕޯޓްގައ...

18 Jul 2019 | 08:37

ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުކު ޚާން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

ޝާހުރުކް ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު އެވެ. މިއަދު ހެނދުނުގެ ވަގުތު މޫސުން ގޯސްވެފައި ވަނިކޮށް ވެލާނާ އެއާޕޯޓްގައި ހަގު ދަރިފުޅު އަބުރާމް އަތުގައި ހިފައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން އޭނާ ދޮށީ ދެ ކުދިން ކަމަށްވާ ސުހާނާ އާއި އާރްޔަން ވެސް ފެނެ އެވެ.

ޝާހުރުކު ޗުއްޓީ މި ހޭދަކުރަނީ އޭނާގެ ދޮށީ އަންހެން ދަރިފުޅުގެ ގްރެޖުއޭޝަނަށް ފަހު އެވެ. އެކަމަކު ރާއްޖޭގައި އެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ރާއްޖެ މިހާރު ވަނީ ވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް