އެންމެ 7 ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަށް ނިންމި ނިންމުން ބަދަލުކުރުމަށް ޕީޕީއެމް އިން ގޮވާލައިފި

ހަމައެކަނި 7 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމު ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށާއި އެ ނިންމުން ބަދަލުކުރުމަށް އިލެކްޝަން ކޮމިޝަނަށް ޕީޕީއެމްއިން ގޮވާލާކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދ...

18 Jul 2018 | 15:00

ހަމައެކަނި 7 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމު ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށާއި އެ ނިންމުން ބަދަލުކުރުމަށް އިލެކްޝަން ކޮމިޝަނަށް ޕީޕީއެމްއިން ގޮވާލާކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދޮ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ކުރެއްވެވި ޓްވީޓެއްގައެވެ.

އެންމެ 7 ރިސޯޓެއްގައި އެކަނި ވޯޓު ފޮށި ބަހައްޓަށް ނިންމުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ގެންދަނީ އެނިންމުން ބަދަލުކުރުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލަމުންނެވެ. އެގޮތުން މިއަދު އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ވަނީ މިމައްސަލާގައި އިލެކްޝަން ކޮމިޝަނާވެސް ބައްދަލުކޮށްފައެވެ. އަދި މިމައްސަލަޔާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުޢޫދު ވަނީ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ސްޕްރީމް ކޯޓަށް ވަޑައިގަތުމަށް ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް