އުރީދޫއިން މޮބައިލް ހެލްތް ކުލިނިކްތަކެއް ފަށަނީ

އުރީދޫއިން މޮބައިލް ހެލްތް ކުލިނިކްސް ރާއްޖޭގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނީގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ސީ އެމްބިޔުލަންސް ތަކެއް ހަދިޔާ ކުރ...

18 Jul 2018 | 09:27

އުރީދޫއިން މޮބައިލް ހެލްތް ކުލިނިކްސް ރާއްޖޭގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނީގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ސީ އެމްބިޔުލަންސް ތަކެއް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އުރީދޫ ގްރޫޕްގެ ޗެއާމަން، އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދް އަލް ޘާނީ އެވެ.

" މިނިސްޓްރީ އޮފް ހެލްތް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވިއަން ރެޑް ކްރެސެންޓާއި ގުޅިގެން، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ޕްރޮގްރާމެއް ކަމަށްވާ މޮބައިލް ހެލްތް ކްލިނިކްސް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި. އުރީދޫގެ އެކި މާކެޓް ތަކުގައި މޮބައިލް ހެލްތް ކްލިނިކްތަށް މެދުވެރިކޮށް ވަނީ އެކަހެރިވެފައިވާ މުޖުތަމައުތަކަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަގަޅު ނަތީޖާތަކެއް ހޯދާފައި، އަދި އަޅުގަނޑު އުއްމީދު ކުރަނީ ރާއްޖެއަށް ވެސް މިފަދަ ފައިދާތަކެއް ލިބިގެންދިއުން." އުރީދޫ ގްރޫޕްގެ ޗެއާމަން، އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދް އަލް ޘާނީ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ  ޔުނައިޓެޑް ނޭޝަންސް އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިސްކަންދީގެން އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ތިންވަނަ ލަނޑުދަނޑި ކަމުގައިވާ "ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން" އަކީ އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއްދޭ ދާއިރާއެއް ކަމުގައެވެ.

" ސީ އެމްބިއުލަންސް ތަކަށާއި މޮބައިލް ހެލްތް ކްލިނިކްތަކަށް އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓަކީވެސް، މި ލަނޑުދަނޑިތަކަށް އެއްބާރުލުން ދިނުމަށް އަޅާފައިވާ ފިޔަވަޅެއް، އަދި މިކަންތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމަކީ އަޅުގަނޑުމެންގެ މަޤްސަދު އަދި އުއްމީދު." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

މޮބައިލް ހެލްތް ކްލިނިކް އަކީ، ދުނިޔޭގެ ތަފާތު އެކި ހިސާބުތަކުގައިވާ އެކަހެރިވެފައިވާ ނުވަތަ މައި ސިޓީތަކާއި ދުރުގައި އުޅޭ މުޖުތަމައުތަކަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއް ހޯދުމުގެ މައުލޫމާތު ހިއްސާކޮށް، މުހިއްމު ވިޓަމިންސް ރައްދުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ، ބެލެނިވެރިންނާއި ކުޑަކުދިންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށާއި، އާންމު ބަލިތަކުން ސަލާމަތްވާނެ ގޮތްތައް އުނގަންނައި ދިނުމެވެ. މޮބައިލް ހެލްތް ކްލިނިކްސްގެ ޕާޓްނަރުންނާއި އެކު، އުރީދޫ އިން އަމާޒު ކުރަނީ މިފަދަ ޕްރޮގްރާމަކުން އެންމެ ފައިދާކުރާނެ ރަށްތަކުގައި ހެލްތް ކޭމްޕުތައް ބޭއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް