ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމަށް ބައިނަލްއަޤްވާމީ މޮނިޓަރުންނަށްވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އެކި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަމުން ދާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އެގޮތުން 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ15:00 އާއި ހަމައަށް ހުޅުވާލާފައިވާ ފުރުސަތުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. އަދި މިމުއްދަތުގައި ކޮމިޝަނަށް ހުށަހަޅައިގެން ބައިނަލްއަޤްވާމީ މޮނިޓަރުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް ފިޔަވައި އެހެނިހެން ގޮތްގޮތަށް ރާއްޖެ އަންނަ ފަރާތްތަށް އިންތިޚާބުގައި މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ މަނާކަމެއްކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އިންތިޚާބު މޮނިޓަރކުރުމުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި މިކޮމިޝަނުން ހުއްދަ ދޫކުރާ ފަރާތްތަކަށް ވުމާއެކު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށައެޅުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް