ހއ ދިއްދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ 4 މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފި

ހއ.ދިއްދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ 4 މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ހއ އަދި ހދ ގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ދިއްދުއަށް ވަޑައިގެން ވަނީ...

18 Jul 2018 | 05:29

ހއ.ދިއްދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ 4 މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ހއ އަދި ހދ ގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ދިއްދުއަށް ވަޑައިގެން ވަނީ މިމަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ހއ. ދިއްދޫގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ މަޝްރޫޢުއާއި ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، ދިއްދޫ މަގުހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމުގެ އިތުރުން އެރަށުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވާދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ހދ. ނޮޅިވަރަމްއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ވަނީ ފައްޓަވާދެއްވާފައެވެ. އަދި ހއ. ދިއްދުއަށް ވަޑައިގެން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ، އެ އަތޮޅުގެ ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ އިއްޔެ ފައްޓަވައިދެއްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި  ހއ. ކެލާއަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، އަދި ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް