ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖޭން ބޭރަށް ފުރާވަޑައިގެންފިއެވެ.
ކެމްޕޭން ކުރެއްވުމުގައި އުޅުއްވުމަށްފަހު އިބޫ ރާއްޖެއިން ބޭރަށް ވަޑައިގެންނަވަނީ އިނގިފައިވާ ގޮތުގައި އިނގިރޭސިވިލާތަށެވެ. އެއީ ދަރިކަނބަލުންގެ ގުރެޖުއޭޝަންގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިބޫ ވިދާޅުވެފައިވަނީ އެދަތުރަކީ މާކުރިންވެސް ހަމަޖެހިފައިވާ ދަތުރެއްކަމަށާއި، ރާއްޖެއިން ބޭރަށް ވަޑައިގެންނެވިނަމަވެސް ކެމްޕޭންގެ ކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ގެންދަނީ ކެމްޕޭންގެ ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ޑޯ ޓު ޑޯ ގެ ހަރަކާތްތަކެއް ކުރިޔަށްގެންދާއިރު ދާދި ފަހުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ގައިވެސް ވަނީ ކެމްޕޭން ގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް