ސައުދީގައި ފްލައިޓް ސްކޫލުތަކުގެ ދޮރު ކަނބަލުންނަށް ހުޅުވާލަނީ

ސައުދީއަރަބިއްޔާގައި ފްލައިޓް ސްކޫލުތައް އެގައުމުގެ ކަނބަލުންނަށް ހުޅުވާލަން ނިންމައިފި އެވެ. މި ނިންމުން މިއައީ ޒަމާންތަކަކަށްފަހު ކަނބަލުންނަށް ދުއްވުމުގެ ހުއްދަ ދިނުމާއި ގުޅިގެންނެވެ. މި ފުރުސަތު އ...

18 Jul 2018 | 03:15

ސައުދީއަރަބިއްޔާގައި ފްލައިޓް ސްކޫލުތައް އެގައުމުގެ ކަނބަލުންނަށް ހުޅުވާލަން ނިންމައިފި އެވެ. މި ނިންމުން މިއައީ ޒަމާންތަކަކަށްފަހު ކަނބަލުންނަށް ދުއްވުމުގެ ހުއްދަ ދިނުމާއި ގުޅިގެންނެވެ.

މި ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ އޮކްސްފޯޑް އޭވިއޭޝަން އެކެޑަމީންނެވެ. އެ އެކެޑަމީން ހާމަކޮށްފައިވާގޮތުގައި ފުރުސަތު ހުޅުވާލުމާއެކު އެތައް ސަތޭކަ ކަނބަލުންނެއް މިހާރު ވަނީ ރަޖިސްޓްރީވުމަށް ފޯމު ފުރާފައި އެވެ. ކަނބަލުންނަށް ހާއްސަ ފުރަތަމަ ބެޗު ފައްޓާނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމުގައިވެސް އެ އެކެޑަމީން ބުނެފައި ވެ އެވެ.

10 އަހަރަށްފަހު ސައުދީގައި ކަނބަލުންނަށް ދުއްވުމުގެ ހުއްދަ ދިނުމާއެކު އެތައް ހާސް ކަނބަލުންނެއްވަނީ ކާރާއި ސައިކަލާއި އަދި އެހެނިހެން ވެހިކްލަތުގައި ދުއްވަން ފަށާފަ އެވެ. ޒަމާންތަކަކަށްފަހު މި ބަދަލު ސައުދީން ގެނައުމުން ދުނިޔޭގެ އެކި ގައުމުތަކުން ސައުދީއަށް މަރުހަބާ ކިޔާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް