ކަމުދަނީ ސިޓީބިޓީ ބަދަލުކޮށް މާފޮޅުވާ ވައްތަރު ލޯބި ކަމަށް، އިރުފާން ޚާނާއެކު ކަރްވާންގައި ފެނިގެންދާނެ ބަތޮލާ މިތިލާ ޕަލްކާރު ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ ރޮމޭންސާއިމެދު އޭނާގެ ހިޔާލަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
މިތިލާ މަޝްހޫރުވެގެންގޮސްފައިވަނީ 2016 އިން ފެށިގެން ދައްކަމުން އަންނަ ޓީވީ ސީރީޒް "ގާލް އިން ދަ ސިޓީ" އިންނެވެ. އެ ސީރީޒްގައި އޭނާ ފެނިގެންދަނީ ރޮމޭންޓިކް ޑޭޓްތަކަށް ގޮސް ޓިޕިކަލް އަންހެނެއްގެ ދިރިއުޅުން އުޅެމުން އަންނަތަނެވެ.
ނަމަވެސް ޑްރާމާގައި އެގޮތަށް ދެއްކި ނަމަވެސް އޭނާއަށް ކަމުދަނީ ލޯބީގެ ސިޓީ ބަދަލުކޮށް މާމެލާމެލި ބަދަލުކުރާ ވައްތަރުގެ ރޯމޭންސް ކަމަށް އޭނާ ބުނެފައި ވެ އެވެ.
އިރްފާން ޚާނާއެކު މިތިލާ ފެނިގެންދާ ފިލްމު "ކަރްވާން" އަކީ ކޮމެޑީ ޑްރާމާ ފިލްމެކެވެ. އާކާޝް ޚުރާނާ ޑައިރެކްޓްކޮށް ރޮނީ ސްކްރޫވާލާ އާއި ޕްރިތީ ރާތީ ގުޕްތާ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް