ބޮލީވުޑް މަސްރަހުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ލޯބީގެ ގުޅުމުގެ ވާހަކަ އެވެ.
މި ދެ ތަރިން އަންނަނީ އަތު ގުޅައިގެންނާއި އެކުގައި ނަގާ ސެލްފީ ތަކާއިއެކު ސޯޝަލް މީޑިއާގައި މި ދެތަރިން ފޮލޯކުރާ ފަރާތްތައް ފޫހިފިލުވައިދެމުންނެވެ.
އެންމެ ފަހުންކޮށްފައިވާ ޕޯސްޓްތަކުން ފެންނަގޮތުގައި މި ދެތަރިން މިހާރު އަންނަނީ ޕެރިހުގައި ޗުއްޓީއެއް ހަދާލަމުންނެވެ. އެއީ ޕީސީގެ 36ވަނަ އުފަންދުވަސް ފާހަގަކުރުމަށްކަމުގައި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
މި ދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކައާއި ދާދި އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކައިގެ އަޑުގަދަވެފައިވާއިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޕްރިޔަންކާގެ މަންމަ މިވަނީ ފައްކާ ޖަވާބެއް ދީފައި އެވެ.
ނޫސްވެރިއަކު ސުވާލުކުރީ ޕްރިޔަންކާގެ ކައިވެންޏާއިމެދު އާއިލާ "ސީރިއަސް" ތޯ އެވެ. ހަމަވަގުތުން އެ ސުވާލަށް ޖަވާބުދެމުން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ބުނީ "ނޫސްވެރިން ސީރިޔަސް ކަމުގައިވާނަމަ އާއިލާވެސް ސީރިޔަސް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް