އެއް އަހަރުގެ ދަރިއަށް ބިޔަރު ބޯންދިންކަމުގެ ތުހުމަތުގައި ލަންކާގައި މީހަކު ހައްޔަރުކޮށްފި

އުމުރުން އެއް އަހަރުގެ ފިރިހެން ދަރިއަށް ބިޔަރު ބޯންދިން ކަމުގެ ތުހުމަތުގައި ލަންކާއިން މީހަކު ހައްޔަރުކޮށްފި އެވެ. އިއްޔެ އެމީހާ ހައްޔަރުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާއި ގ...

17 Jul 2018 | 23:09

އުމުރުން އެއް އަހަރުގެ ފިރިހެން ދަރިއަށް ބިޔަރު ބޯންދިން ކަމުގެ ތުހުމަތުގައި ލަންކާއިން މީހަކު ހައްޔަރުކޮށްފި އެވެ. އިއްޔެ އެމީހާ ހައްޔަރުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާއި ގުޅިގެންނެވެ.

އެ ވީޑިއޯއިން ފެންނަގޮތުގައި ތިން ރަހުމަތްތެރިންނާއެކު މީހަކު އޭނާގެ ދަރިއަށް ބިޔަރު ފުޅިއަކުން ބިޔަރު ބޯންދޭ މަންޒަރު ފެނެ އެވެ. އެއީ ލަންކާގެ އަނުރާދަޕޫރާގެ މީގަލެވަ ވިލެޖުގައި ހިނގި ކަމެއްކަމަށް ރިޕޯޓްކޮށްފައި ވެ އެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކެރަ، ރޮއިޓާސް އަށް މައުލޫމާތުދެމުން ބުނެފައިވަނީ އެ މައްސަލައިގާ މީހަކު ހައްޔަރުކުރީ އެއީ ދަރިއަކަށް އިހުމާލުވުމުގެ އިތުރުން ދަރިއަކަށް އަނިޔާ ދިނުންކަމުގައި ވާތީ ކަމަށެވެ.

ގުނަސޭކެރަ އިތުރަށް ބުނެފައިވަނީ އެ ކުއްޖާ މިހާރު ޖުޑީޝަލް މެޑިކަލް އޮފިސަރާއި ހަވާލުކޮށްފައިވާކަމަށާއި އަދި އެއީ އެ ކުއްޖާއަށް ބޯންދީފައިވަނީ އަސްލު ރާތޯ ކަށަވަރުކުރުމަށް ކަމަށް އޭނާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް