މައްކާ އަދި މަދީނާގެ ބިމަށް ހައްޖާއި އުމްރާގެ އަޅުކަންއަދާކުރަންދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ސައުދީން "މައްކާ ރޯޑް އިނީޝިއޭޓިވް" ނަމުގައި ހާއްސަ އިންތިޒާމެއް އިފްތިތާހްކޮށްފި އެވެ.
މި އިންތިޒާމުގެ ދަށުން ހައްޖު ވިސާ އާއި ސައުދީއަށް އެތެރެވުމުގެ ލިޔެކިޔުމުގެ ކަންކަން އެބަޔަކު ފުރާ ގައުމެއްގެ އެއާޕޯޓުން ހަމަޖެހިގެންދެ އެވެ. އެހެންކަމުން ސައުދީއަށް ދަތުރުކުރުން ވެގެންދާނީ އާދައިގެ ފަތުރުވެރިއަކު ކުރާ ދަތުރަކާއި އެއްފަދަ ދަތުރަކަށް ކަމަށާއި އަދި ލަގެޖުގެ ކަންކަން ސައުދީ ހައްޖު މިނިސްޓްރީން ކުރިއަށް ގެންދާގޮތަށް މި ހާއްސަ އިންތިޒާމްގައި ވެ އެވެ.
މި ހާއްސަ އިންތިޒާމު ފެށުމުގެ ގޮތުން މެލޭޝިޔާގެ ކުއަލަލަމްޕޫރުން އުމްރާވެރިންނާއެކު ދެ ފްލައިޓެއް ސައުދީއަށް ދަތުރުކޮށްފައި ވެއެވެ.ދަތުރުގެ އެ ދަތުރުގެ އެންމެހާ ބައިވެރިންގެ ހެލްތު ޗެކިން އާއި ވިސާ އާއި ލިޔެކިޔުމުގެ ކަންކަން ނިމިގެން ދިޔައީ ކުއަލަލަމްޕޫރުގެ އެއާޕޯޓުން ކަމުގައި ފާހަގަކޮށްފައި ވެ އެވެ. ދަތުރުގެ ބައިވެރިންނަށް މަދީނާ މުނައްވަރާ އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ.
ސައުދީން ހާމަކޮށްފައިވާގޮތުގައި މި ބަދަލަކީ ސައުދީން ކަނޑައަޅާފައިވާ 2030ގެ ތަސައްވުރުގެ ދަށުން ގެނައި އައު ބަދަލެކެވެ. މި ބަދަލު އެކި ގައުމުތަކުން ލަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމުގައި ސައުދީން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް