އެމްޑީޕީ އޮފީހަށް ގެއްލުންދީފި

އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވަނީ ރޭ ދަންވަރު...

17 Jul 2018 | 22:11

އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވަނީ ރޭ ދަންވަރު 12:30 ހާއިރުގައި އެވެ.

މިކަމުގައި އެމްޑީޕީގެ ބަހެއް އަދި ނުލިބޭތީ އެ ގެއްލުން ދީފައިވަނީ ކިހިނެއްކަން އަދި ލިބިފައިވަނީ ކިހާ ގެއްލުމެއްކަން އަދި ސާފުވާގޮތް ވެފައެއް ނުވެ އެވެ. އަދި މިކަމުގައި ފުލުހުންގެ ބަހެއްވެސް އަދި ލިބިފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހަމަލާ ދިންތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ސީނަށް ގޮސް އެކަން ތަހުގީގުކުރަން ފަށާފައި އެވެ.

އެމްޑީޕީއޮފީހަށް ރޭ ދިން ހަމަލާ އެމްޑީޕީންނާއި އެ ޕާޓީއާއެކު އެއް އިއްތިހާދެއްގައި މަސައްކަތްކުރަމުން އަންނަ އަދާލަތު ޕާޓީން ވަނީ ކުށްވެރިކޮށްފައި އެވެ.

އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާއިރު މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެ އޮފީހަށް އެފަދަ ގެއްލުން ދީފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް