ރީކޯ މޫސަގެ އެމް އޯ ހޮޓަލުގައި ބޭނުންކުރާ ބަހެއް ވަގަށްނަގައިގެން ގެންގޮސް އަންދާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ވިޔަފާރިވެރިޔާ ރީކޯ މޫސަގެ، އެމް އޯ ހޮޓަލުގެ ބަހެއް ވަގަށް ނަގައިގެން ގެންގޮސް އަންދާލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތު...

18 Jun 2019 | 17:45

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ވިޔަފާރިވެރިޔާ ރީކޯ މޫސަގެ، އެމް އޯ ހޮޓަލުގެ ބަހެއް ވަގަށް ނަގައިގެން ގެންގޮސް އަންދާލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ލ. ގަމުގައި ހުންނަ އެމްއޯ ހޮޓަލުގެ ބަހެއް އެ ހޮޓަލުގެ ކައިރީގައި ބާއްވާފައި އޮއްވާ ވަގަށް ނަގައިގެން ގެންގޮސް ގަމު މުކުރިމަގު ހަތްތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސް އެ ބަހުގައި ރޯކޮށްލާފައިވާ ކަމުގެ މައްސަލަ މިރޭ 21:15 ހާއިރު ހުށަހަޅާފައިވާކަމަށެވެ.

"ފުލުހުން ސީންގައި ހަރަތްތެރިވަމުންދަނީ، އަލިފާންގަނޑު ވަނީ ނިއްވާލާފައި" މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ވެހިކަލް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާކަމަށާއި މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް