ރ. އުނގޫފާރު ފަޅުން ނިކުންނަން އުޅުނު ލޯންޗެއް އެ ރަށުގެ ބަނދަރުގެ ބޭރު ތޮއްޓަށް އުރި، އޭގެން ދަތުރުކުރި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 2:30 ހާއިރުގައެވެ.
ފުލުހުހުން ބުނެފައިވާގޮތުގައި އެ ލޯންޗަކީ އެރަށުން، ޖޯލި މޯލްޑިވްސް ރިސޯޓަށް ފުރި ލޯންޗެކެވެ. އެކަން ހިނގި އިރު ލޯންޗުގައި ފަސް މީހުން ތިބި ކަމަށާއި ދިވެއްސަކާއި ދެ ބިދޭސީންނަށް އަނިޔާވެގެން އެ ރަށު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
އެ ލޯންޗު ތޮށިމައްޗަށް އުރުނީ ލޯންޗުގެ އިންޖީނު ހަލާކުވެގެން ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި އެރަށު ރައްޔިތުން ނިކުމެ އެ ލޯންޗު އެރަށު ފަޅުތެރެއަށް ލާފައިވާކަމަށާއި އަނިޔާވި މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް