ދަރިވަރުންނަށް ޓެބްލެޓް ބަހަން ފަށައިފި

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ދަރިވަރުންނަށް ބަހަން ފަށައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދ...

18 Jun 2018 | 13:47

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ދަރިވަރުންނަށް ބަހަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ފެށުނު ދެވަނަ ޓާމުން ފެށިގެން ދަރިވަރުން ކިޔަވާނީ ޓެބްލެޓް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ސަރުކާރު ސްކޫލްތަކުގައި މަސައްކަތް ކުރާ 8،459 ޓީޗަރުންނަށް ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަވާލުކޮށް ނިންމާފައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ޓެބްލެޓް ހަވާލު ކުރީ މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކަމަށެވެ. އަދި މިހަފްތާ އާއި ކުރިޔަށް އޮތް ހަފްތާ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ޓެބްލެޓް ބަހަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހައިސްޕީޑް އިންޓަނެޓާއެކު ހުރިހާ ސުކޫލަކަށްވެސް މިހާރު ވައިފައިގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުން ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފަ ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް