ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅީ 19 ޝަކުވާ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވަނީ 19 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެ ކޮމިޝަނުގެ މެންބަރު އަހުމަދު އ...

18 Jun 2018 | 09:47

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވަނީ 19 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އެހެން ފަހަރު ފަހަރާއި އަޅާ ބަލާއި މިއީ މަދު އަދަދެއް ކަމަށެވެ. ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓިގައި ހިމެނިފައި ވުމާއި 18 އަހަރު ނުފުރޭ ކުދިން ލިސްޓުގައި ހިމެނިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަށް ވީހާވެސް އަވަހަކަށް ހައްލުކޮށް އާ ލިސްޓު އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިސްޓުގައިވާ މައުލޫމާތު ނުބައި ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލްތަކަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

ރިއާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި، 263،000 މީހުންގެ ނަން ހިމެނެ އެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އާއްމު ކުރި އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 20 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ހަދާފައިވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް