އިންޑިއާ އާއި ދިވެހި ސިފައިން ކަނޑުގެ އޮޕަރޭޝަނެއް ފަށައިފި

ދިވެހިން ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޯސްޓް ގާޑާއި އިންޑިޔާގެ ކަނޑ...

18 Jun 2018 | 08:59

ދިވެހިން ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޯސްޓް ގާޑާއި އިންޑިޔާގެ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ޕެޓްރޯލްކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަންގެ ތެރެއިން ބަލަނީ ކޮން ސަރަހައްދެއް ކަމެއް އަދި އެ ހަރަކާތް ކުރި އަށް ގެންދަނީ ކިހާ ދުވަހަަކަށް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

މިދިޔަ މަހުވެސް ދެ ގައުމުގެ ސިފައިން ގުޅިގެން ވަނީ މިފަދަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި އެވެ.

ދެ ގައުމުގެ އަސްކަރިއްޔާއިން އޮޕަރޭޝަނެއް ފެށި އިރު ސިޔާސީ ކަންކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައި އެވެ. އެގޮތުން ދެ ގައުމުން ދަނީ ބައެއް ކަންކަމުގައި ދެ ގައުމަށް އެޅެން އޮތް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް