ރާއްޖޭއިން އިތުރު12 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.
އަލަށް ޕޮސިޓިވްވި މީހުންގެ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. މިހާތަނަށް ޕޮސިޓިވްވި ޖުމްލަ އަދަދު މިއާއި އެކު ވަނީ1،106 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ޕޮސިޓިވްވި ގިނަ މީހުންނަކީ ފިރިހެނުންނެވެ.
ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ގިނައީ އުމުރުން18 އަހަރާއި40 އަހަރާއި ދެމެދުގެ މީހުންނެވެ.
މިފަހަކަށް އައިސް ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަށްވިޔަސް އެއީ ހަމަޖެހިލަންޖެހޭ ވަރު ކަމެއް ނޫންކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް