އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ރަޖިސްޓްރީވާން އަންގައިފި

އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ވާން އަންގައިފި އެވެ. އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފ...

18 May 2020 | 09:46

އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ވާން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި، މިނިސްޓްރީން އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށެެވެ. އެކަންކަން އަވަހަށް ނިންމުމުގެ ގޮތުން ބޭރުގައި ތިބި ދަރިވަރުންނާ ބެހޭ މައުލޫމާތު މިނިސްޓްރީއަށް ވަރަށް މުހިންމު ކަމަށެެވެ.

އެ މިނިސްޓްރީން ބުނީ އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ މައުލޫމާތު އެ މިނިސްޓްރީގައި ނުހުންނަ ކަމަށެވެ. އެހެންވެ އެދިފައިވަނީ ވީހާވެސް އަވަހަށް އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ކިޔަވަން ގޮސް ތިބި ކުދިން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށެވެ.

ރަޖިސްޓްރީވުމަށް ދާންޖެހެނީ އެ މިނިސްޓްރީގެ ވެބްސައިޓުގައިވާ mohe.gov.mv މި ލިންކަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ފަރާތްތަކަށް އެހީ ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް