މަރަދޫގައި ލައިސަންސް ނެތި ދުއްވި ދެ ސައިކަލު އެކްސިޑެންޓް ވެއްޖެ

އައްޑޫ ސިޓީ މަރަދޫގައި ލައިސަންސް ނެތި ދުއްވި ދެ ސައިކަލެއް އެކްސިޑެންޓް ވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ސްލިޕް ވޭ ކައިރިން މިރޭ ދެ ސައިކަލު ޖެހި އެކްސިޑެންޓްވި މައްސަލަ 07:13 ހާއިރު ރިޕ...

18 May 2019 | 17:20

އައްޑޫ ސިޓީ މަރަދޫގައި ލައިސަންސް ނެތި ދުއްވި ދެ ސައިކަލެއް އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ސްލިޕް ވޭ ކައިރިން މިރޭ ދެ ސައިކަލު ޖެހި އެކްސިޑެންޓްވި މައްސަލަ 07:13 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެއް ސައިކަލު ދުއްވަން އިނީ 42 އަހަރުގެ މީހެކެވެ. އޭނާގެ އަތުގައި ލައިސަންސް ނެތް ކަމަށާއި އަނެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސަންސް ނެތްކަމަށް ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާއިރު އެ ތިން މީހުންނަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް