ލަންދޫ ދެ ގެއަކުން ވަގަން ނަގާފައިވާ ވަކި ލާރިތަކެއް، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހޯދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ނ. ލަންދޫ ދެ ގެއަކުން ވަކިލާރިތަކެއް ގެއްލިގެން މި މަހުގެ 10 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާކަމަށެވެ.
"އެއް ގެއިން ގެއްލިފައިވާކަމަށް އަންދާޒާ ކުރަނީ 500 އަދި އަނެއް ގެއިން ގެއްލިފައިކަމަށް އަންދާޒާ ކުރަނީ ގާތްގަނޑަކަށް 3000" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައއި ގުޅިގެން 18 މޭ 2019 ވަނަ ދުވަހު 01:03 ހާއިރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ދެ ގެއިން ގެއްލުނު ކަމަށް ބެލެވޭ ވަކިލާރިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވަކި ލާރި އެ ރަށު އިރުމަތީކޮޅު ކުނިގޮނޑު ސަރަހައްދު ބަލާ ފާސްކުރަނިކޮށް ފެނިފައިވާކަމަށެވެ.
ފެނުނު ވަކިލާރިތަކުގެ ޖުމްލަ އަދަދަކީ 1287.89ރ އަދި 41 އިންޑިއަން ރުޕީސް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް