ދަރުމަވަންތަ ހޮސްޕިޓަލުގައި ކެފެޓީރިއާ އަދި ޖޫސްބަރ ހިންގަދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި

ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލުގައި ކެފެޓީރިއާ އަދި ޖޫސްބަރ ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. އެގޮތުން މިއަދު ދެ އިއ...

18 May 2019 | 09:24

ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލުގައި ކެފެޓީރިއާ އަދި ޖޫސްބަރ ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

އެގޮތުން މިއަދު ދެ އިއުލާނެއް ކޮށްފައިވާއިރު އެއް އިއުލާނު ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާގައި ޖޫސްބަރ އެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށެވެ. އަދި ދެވަނަ އިއުލާނު ކޮށްފައިވަނީ ފުރަތަމަ ފަންގިފިލާގައްޔާއި މެޒަނިން ފަންގިފިލާގައި ކެފެޓީރިއާއެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށެވެ.

ދެ އިއުލާނުގައިވެސް ބުނެފައިވާގޮތުގައި މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓަށް ވަޑައިގެން ބީލަމާއި ގުޅޭ މައުލޫމާތު ފޮތް ބައްލަވައިގަތުން އެދެމެވެ. ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ  23 މެއި 2019 އިން ފެށިގެން 30 މެއި 2019 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން 12:00 އަށެވެ. ބީލަން ފޮތުގެ އަގަކީ 1000/-ރުފިޔާއެވެ.

ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ  02 ޖޫން 2019 ވާ އާދީއްތަ  ދުވަހު 11:00 ގައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަތުން ހަމަޖެހިފައިވަނީ  23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައެވެ. ޕްރޮޕޯސަލްތައް ހުޅުވަން ހަމަޖެހިފައިވަނީ ހުރިހާ ފަރާތެއްގެ ހާޟިރުގައި ކަމަށްވެސް އެ ދެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް