ރާއްޖޭގެ ރަށެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް 18 އަހަރު ނުފުރޭ ދެބެން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން މިއަދު ބުނެފައިވަނީ ނުވަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ލިބޭކަމަށް އަތޮޅު ތެރެއިން ފުލުހުންނަށް، މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 10:40 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި މައްސަލަ އިތުރަށް ބެލި ބެލުމުން ފާހަގަ ކުރެވުނީ މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތަކީ ކުއްޖާގެ 13 އަހަރުގެ އަދި 16 އަހަރުގެ ދެ ބެއިން އަށް ކަމަށް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށެވެ. އަނިޔާ ލިބޭ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަ ނުކުރާތީ ފުލުހުންގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް