އަލުން އިމާރާތް ކުރުމަށް ފަހު ޒިޔާރަތް މިސްކިތް ހުޅުވައިފި

މާލޭގައި ހުންނަ ޒިޔާރަތް މިސްކިތް ތަޅާލުމަށް ފަހު ތިން ބުރިއަށް އިމާރާތްކޮށް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ. މި މިސްކިތް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންއެވެ. މި މިސްކިތް ތަޅާލައި އަލުން ރީތިކޮ...

18 May 2018 | 14:36

މާލޭގައި ހުންނަ ޒިޔާރަތް މިސްކިތް ތަޅާލުމަށް ފަހު ތިން ބުރިއަށް އިމާރާތްކޮށް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންއެވެ. މި މިސްކިތް ތަޅާލައި އަލުން ރީތިކޮށް އިމާރާތް ކުރީ ޔުނިވާސަލް އެންޓާޕްރައިސަސްގެ ހިލޭ އެހީގައި އެ ކުންފުނިންނެވެ.

ރައީސް ޔާމީން ދިރިއުޅުއްވާ ހިލާލީގޭގެ އުތުރުން ހުންނަ އެ މިސްކިތުގައި މިހާރު އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވެ އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކި ފާހާނާ ބަރިއަކާއި ވަކިން ވުޟޫ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ޓެރަހަކާ އެކު އިމާރާތްކޮށްފައިވާ އެ މިސްކިތް ވަނީ ލަކުޑީގައި ގުރުއާނުގެ އާޔަތްތައް ލިޔެ ޒީނަތްތެރިކޮށްފަ އެވެ. އަދި މިސްކިތަށް އެރެން އިންނަނީ އުސް ދިގު ސިޑިއަކުންނެވެ.

މީގެ ކުރިން ޒިޔާރަތް މިސްކިތް ހުރި ބިމުގައި ހުރި ދެ މިސްކިތްވެސް އިމާރާތްކޮށް ބަލަހައްޓާފައިވަނީ ޔުނިވާސަލް އެންޓަޕްރައިސަސް ނިސްބަތްވާ ކޮލިގެ އާއިލާ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް