އާންމުންގެ ޝަކުވާ ބޮޑުވުމުން ކުނި ނަގާ ވަގުތަށް ބަދަލު ގެނެސްފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ރޯދަ މަހާއި ދިމާކޮށް ކުނި ނަގާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށުމުން ކުނި ނަގާ ވަގުތު އިތުރުކޮށްފި އެވެ. ވެމްކޯއިން ކުރިން ...

18 May 2018 | 00:54

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ރޯދަ މަހާއި ދިމާކޮށް ކުނި ނަގާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށުމުން ކުނި ނަގާ ވަގުތު އިތުރުކޮށްފި އެވެ.

ވެމްކޯއިން ކުރިން ހަމަޖައްސާފައި އޮތީ މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ރޯދަ މަހު ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް ކުނި ނަގާގޮތަށެވެ. އެކަމަކު ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުނިތައް އެރޭ ގިނަ ގޭގެއިން ނުނެގުމުން އާންމުން ވަނީ މަގުމައްޗަށް ކުނިތައް ނެރެ އެކަމުގެ ޝަކުވާކޮށްފައި އެވެ.

އަލަށް ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން ވެމްކޯއިން ދުވާލުވެސް ކުނި ނަގާނެ އެވެ. އެގޮތުން މެންދުރު ފަހު 2:00 ން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 12 އަށް ކުރިއަށް ގެންދާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.

އެކަށީގެންވާ ގޮތެއްގައި ރޯދަ މަހުގެ ފުރަތަމަ ދުވަހު ހިދުމަތް ނުދެވުމުން މާފަށް އެދެމުން ވެމްކޯ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ހިދުމަތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، ހޮޓްލައިން، 1666 އަށް ގުޅުމަށެވެ.

އެ ކުންފުނިން ރޯދަ މަހު ކުނި ނަގާ ވަގުތަށް ގެނައި ބަދަލަކީ އާންމުންގެ މެދުގައި ރޯދަ މަހު ކުނި ނަގަން ފަސޭހަ ގަޑިއަކީ ކޮބައިތޯ ބަލަން ކުރި ސާވޭ އަކަށްފަހު ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ ރޭގަނޑު 8:00 ން ދަންވަރު 12:00  އަކީ ކުނި ނަގަން އެންމެ ރަނގަޅު ގަޑި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް