ނޫރުލް މުބީން ޤުރުއާން މުބާރާތުގެ އެއްވަނަ ކުވައިތަށް، ރާއްޖެއަށް ތިންވަނަ

ރާއްޖޭގައި ބޭވި ފުރަތަމަ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތް "އަލް ނޫރުލް މުބީން" ގެ އެއްވަނަ ކުވައިތުގެ ފަރާތުން މި މުބާރާތުގައި ވާދަ ކުރި އަބްދުﷲ ހައްޔާތު ހޯދައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ...

18 May 2018 | 00:33

ރާއްޖޭގައި ބޭވި ފުރަތަމަ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތް "އަލް ނޫރުލް މުބީން" ގެ އެއްވަނަ ކުވައިތުގެ ފަރާތުން މި މުބާރާތުގައި ވާދަ ކުރި އަބްދުﷲ ހައްޔާތު ހޯދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދައުވަތަކަށް ކުރިޔަށް ގެންދިޔަ މު މުބާރާތުގެ ނަތީޖާ ފާޅު ކުރުން އޮތީ ރޭ އެވެ. މި މުބާރާތުގައި ރާއްޖެ އާއި އެކު ނުވަ ގައުމަކުން ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި، އެއް ވަނަ ހޯދި އަބްދުﷲ ހައްޔާތަށް އިނާމާއި ހަނދާނީ ފިލާ ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އިނާމެއްގެ ގޮތުގައި އޭނާ އަށް ވަނީ 30،000 ޑޮލަރު (462،000ރ.) ދީފަ އެވެ.  ދެ ވަނަ ހޯދީ ތުރުކީން ބައިވެރިވި ހާމިތު އަވްސަރެވެ. ދެ ވަނަ އަށް ސަރުކާރުން ވަނީ 15،000 ޑޮލަރު (231،300ރ.)ގެ އިނާމެއް ދީފަ އެވެ.

މުބާރާތުން ތިން ވަނަ ލިބުނީ ރާއްޖެއިން ބައިވެރިވި އަޝްރަގު ނާޒިރަށެވެ. އޭނާއަށް ވަނީ 5000 ޑޮލަރު (77،100ރ.) ދީފަ އެވެ.

ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ ސޫދާނާއި ބަންގްލަދޭޝާއި ޕާކިސްތާނުގެ އިތުރުން ސައުދީ އަރަބިއްޔާއާ ތުރުކީއާ މެލޭޝިޔާއާ ކުވެއިތާއި މިސްރެވެ. މި މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ރާއްޖެ، މެލޭޝިއާ، ޕާކިސްތާން، ސޫދާން އަދި ޔަމަނުގެ ބޭފުޅުންނެވެ.

މި މުބާރާތް ކުރިޔަށް ގެންދިޔައީ އިސްލާމިކް މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް