މި ރަމަޟާން މަހު ދުވަހުގެ ރެސްޓޯރެންޓްގައި ދުވަސް ނޫހުން ގެނެސްދޭ ސެގްމެންޓްގައި ފުރަތަމަ ރެސްޓޯރެންޓެއްގެ ގޮތުގައި މި ގެނެސްދެނީ މަޝްހޫރު ޖުވޭސް ކެފޭ އެންޑް ރެސްޓޯރެންޓް އެވެ.
ގައިޑްލައިން އާއި އެއްގޮތަށް، ދުވަސް ފޭސްބުކް ޕޭޖްގައިވާ މި އާޓިކަލް ޕޯސްޓް ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ރޯދަވީއްލުން ހިލޭ ލިބުމުގެ ފުރުސަތު ލިބިގެންދާއިރު ޖުވޭސް ކެފޭގެ މި އަހަރުގެ ރޯދަ މެނޫ ވަރަށް ތަފާތުވެފައި ހާއްސަ އެވެ. އަދި މި ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ޖުވޭސް ކެފޭގެ ރޯދަވީއްލުން ކުރިއަށްދަނީ 25% ޑިސްކައުންޓާއިވެސް އެކުގައި އެވެ.
އެގޮތުން ހުކުރު ދުވަހަށް ވަކި ހާއްސަ ސެޓް މެނޫ އަކާއި އިތުރު ދެ ސެޓް މެނޫއެއް މި އަހަރުގެ ރޯދަ މެނޫގައި ހިމަނާފައިވާއިރު ހުކުރު ދުވަހުގެ ސެޓް މެނޫގައި ފަސް ވައްތަރުގެ ބުއިމާއި ތިން ވައްތަރުގެ ސެލެޑާއެކު ކެރެޓު މަޝްހުނި އަދި ޓޫނާ ސޭންޑްވިޗާއި ކަޓްލަޓްސް، ސްޓާޓާގެ ގޮތުގައި ހިމަނާފައި ވެ އެވެ.
ހުކުރު ދުވަހުގެ މެނޫގެ މެއިން ޑިޝްތަކުގެ ތެރޭގައި ޒުވާރި ބަތް، ރޮށި، ޕާސްތާ، ބީފް މަސާލާ ބަޓަރ ޗިކަން ހިމަނާފައިވާއިރު ތަންދޫރީ އަދި ގްރިލްޑް އައިޓަމްސްގެ ގޮތުގައި ތަންދޫރީ ޗިކަން، ބަޓަރ ނާން، ގާލިކް ނާން އަދި ގްރިލްޑް ސޮސެޖަސް ހިމެނެ އެވެ. ގިނަ އަދަދެއްގެ އެކޮމްޕެނިމެންޓްސް ހުކުރު ދުވަހުގެ މެނޫގައި ހިމަނާފައިވާއިރު ހުކުރު ދުވަހުގެ މެނޫގެ ޑެޒާޓްގެ ގޮތުގައި އެސޯޓެޑް ފްރެޝް ފްރުޓް، ފްރެންޗް ޓޯސްޓް، ޕިރިނީ އަދި ބިސްކަޓް ޕުޑިންނާއި ކަދުރު ހިމަނާފައި ވެ އެވެ.
ހޮނިހިރު، އާދީއްތަ ހޯމަ ދުވަހަށް ވަކި ސެޓް މެނޫއެއް އެކުލަވާލާފައިވާއިރު އަންގާރަ، ބުދަ، ބުރާސްފައްޗަށް ވަކި ސެޓް މެނޫއެއް ޖުވޭސް ކެފޭގެ ރޯދަ މެނޫގައި ހިމަނާފައި ވެ އެވެ.
މި ދެ ސެޓްމެނޫއަށް ބަލާލާއިރު ގިނަ ވައްތަރުގެ ބުއިމާއި މެއިން ޑިޝްގެ ގޮތުގައި 10 އަކަށްވުރެ ގިނަ ޑިޝް ހިމަނާފައިވާއިރު ތަންދޫރީ އަދި ގްރިލްޑް އައިޓަމްސް އާއި އެކޮމްޕެނިމެންޓްސް އަދި ޑެޒާޓްސްގެ ގޮތުގައި މި ދެ ސެޓް މެނޫގައިވެސް ގިނަ އަދަދަކަށް ޑިސްތައް ހިމަނާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް