ފިރިމީހާ ފިކުރު ކުރާނަމަ އަނބިމީހާ ބައިގެންދިއުމުގެ ފުރުސަތު ބޮޑު!

އަންހެނުން ބަލިވެ އިނުމުގެ ފުރުސަތު ކުޑަވާ ކަންކަމުގެ ތެރޭގައި ފިރިމީހާ ކަންކަމާ ފިކުރުކޮށް ވިސްނުން ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްޓް...

18 May 2018 | 00:03

އަންހެނުން ބަލިވެ އިނުމުގެ ފުރުސަތު ކުޑަވާ ކަންކަމުގެ ތެރޭގައި ފިރިމީހާ ކަންކަމާ ފިކުރުކޮށް ވިސްނުން ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްޓް އެންޑް ހިއުމަން ޑިވެލޮޕްމެންޓުން ދާދިފަހުން ކުރި މި ދިރާސާއަށް ފަހު ބުނެފައިވަނީ މާބޮޑަށް ފިރިހެން މީހާ ފިކުރުކޮށް ވިސްނާމަމަ އަންހެން މީހާ ބަލިވެ އިނުމުގެ ފުރުސަތު 60 ޕަސެންޓު ހަމަޖެހިގެން އުޅޭ ދެމަފިރިއަކާއި އަޅާބަލާއިރު ކުޑަ ކަމަށެވެ.

އެކަމަކު އަންހެން މީހާ ކިތަންމެ ވަރަކަށް ފިކުރު ކުރިޔަސް އޭގެ އަސަރު ބަލިވެ އިނުމަށް ނުކުރާ ކަމަށެވެ. އަދި މާބަނޑުވުމަށް ފަހުވެސް އަންހެން މީހާގެ ފަރާތުން އެފަދަ ކަމެއްގެ އަސަރު ބަނޑުގައިވާ ދަރިފުޅަށްވެސް ނުކުރާ ކަމަށެވެ.

އެ ދިރާސާގައި ފާހަގަވި އިތުރު ކަމަކަށް ބަލާއިރު ފިކުރު ކުރާ ފިރިންގެ އަނބިން ބަލިވެ އިންނަތާ ދެތިން މަސްތެރޭގައި ބައިގެންދިއުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ.

އެ އިންސްޓިޓިއުޓުން މި ދިރާސާގައި ބައިވެރިކޮށްފައިވަނީ ބަލިވެ އިންނަން ބޭނުންވެފައިވާ، އެކަމަކު ދަރިމައިވުމުގައި އެއްވެސް މައްސަލައެއް ނެތް މީހުންނެވެެ. މި ދިރާސާ ކުރުމަށް އެތަނުން ވަނީ ފިކުރުކޮށް ކަންކަމާ ވިސްނާ އަންހެނުންނާއި ފިރިހެނުން ވަކިން ދެނެގަނެފަ އެވެ.

މި ދިރާސާގައި 1،650 އަންހެނުންނާއި 1،608 ފިރިހެނުން ބައިވެރިވެފަ ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް