އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑް ބަތަލާ މޭގަން މާކްލްގެ ކައިވެނި ހަފްލާގައި ބްރައިޑްސްމެއިޑުންގެ ގޮތުގައި ފެނިގެންދާނީ މޭގަން އެންމެ ގަޔާވާ ގާތް އެކުވެރިކަން ކަމަށް ބެލެވުނެވެ.
މޭގަންގެ އެންމެ ގާތް އެކުވެރިންނަކީ ކޮބައިތޯ ބަލަން ބޭނުންވާ މީހުން ގެންދަނީ ޝާހީ ކައިވެންޏަށް އިންތިޒާރު ކުރަމުންނެވެ. އެކަމަކު ދިމާވަނީ ވަރަށް ދެރަކޮށެވެ.
މޭގަންގެ ބްރައިޑްސްމެއިޑްސްގެ ގޮތުގައި ޝާހީ ކައިވެނި ހަފްލާއިން ފެނިގެންދާނެ ބަޔަކާއި ބެހޭގޮތުން ސުވާލު ކުރުމުން ޕްރިންސް ހެރީ ބުނެފައިވަނީ މޭގަންގެ ވަރަށް ގާތް ބައިވަރު ރައްޓެހިން އެބަތިބި ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ވަކި ރައްޓެހިންތަކެއް ފާހަގަކޮށް ބްރައިޑްސްމެއިޑުންނަށް ހަދަން މޭގަން ބޭނުންނުވާތީ ހަފްލާގައި ބައިވެރިވާ ހުރިހާ މޭގަންގެ އެކުވެރިންނާއި މެދު އަމަލު ކުރެވޭނީ އެއް ހަމައަކުން ކަމަށް ހެރީ ބުނެފައިވެ އެވެ.
ވަކި ބަޔަކަށް ތަފާތު ނުކުރުމުގެ ގޮތުން މޭގަން ނިންމާފައިވަނީ ބްރައިޑްސްމެއިޑުންގެ ގޮތުގައި ހަމައެކަނި ކުޑަކުދިން ހިމަނާށެވެ.
އެގޮތުން ޕްރިންސް ހެރީގެ ފަރާތުން ޝާހީ ކައިވެނީގައި ބްރައިޑްސްމެއިޑުންނަށް ވަނީ ޕްރިންސް ވިލިއަމްގެ އަންހެން ދަރިކަނބަލުން ޕްރިންސަސް ޗާލޮޓް އާއި ޒާލީ ކިޔާ ކުއްޖެކެވެ. އަދި މޭގަންގެ ފަރާތުން ބްރައިޑްސްމެއިޑުންގެ ގޮތުގައި ބައިވެރިވާނީ ރައިލާން އާއި އިވީ ކިޔާ ކުއްޖެކެވެ.
ޕްރިންސް ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައިވަނީ 2016 ވަނަ އަހަރު އެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރު މަހު އެންގޭޖް ވުމަށް ފަހު ކައިވެނި އިއުލާނު ކުރި އެވެ.
ލަންޑަންގެ ވިންސާ ކާސަލްގައި ބާއްވާ މި ކައިވެނި ހަފްލާ މާދަމާ އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް