15 އޭޕްރީލްގެ ފަހުން މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ އެންމެން އެކަހެރިވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެގޮތުން މި އެންގުމުގައި ބުނެފައިވަނީ 15 އޭޕްރީލް 2020 އިން ފެށިގެން މާލެއިން ނުވަތަ ހުޅުމާލެއިން ނުވަތަ ވިލިމާލެއިން ނުވަތަ ގުޅިފަޅުން ނުވަތަ ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް އަންގާކަމަށެވެ.
އަދި 15 އޭޕްރީލް އިން ފެށިގެން މާލެއަށް ނުވަތަ ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ނުވަތަ ގުޅިފަޅަށް ނުވަތަ ތިލަފުއްޓަށް ވައިގެމަގުން، ނުވަތަ ކަނޑުމަގން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދެއްގައިވާ މީހަކު މާލެއަށް ނުވަތަ ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ނުވަތަ ގުޅިފަޅަށް ނުވަތަ ތިލަފުއްޓަށް ފައިބާފިނަމަ، އެފަދަ މީހަކު ދިރިއުޅޭ ރަށަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށްވެސް މި އެންގުމުގައި އަންގާފައިވެއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް