މާލޭގައި މިއަދު ހަވީރު ބިދޭސީއެއްގެ އަތުން ޑޮލަރުތަކެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 05:55 ހާއިރު މާފަންނު އޭސް ހާޑްވެއާ ކައިރިން ބިދޭސީއެއްގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލައެއްގައި 42 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ބިދޭސީ އަތުން ފޭރުނު 1300 ޑޮލަރުވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. ރޭގެ ވަގުތެއްގައިވެސް ހެލްމެޓު އަޅައިގެން ދެމީހަކު ފޭރެން އުޅުނެވެ. އޭގެން އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ހެލްމެޓު އަޅައިގެން ދެ ކުންފުންޏެއްގެ ފައިސާ މި ފަހުން މިލިޔަނުން ފޭރިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް