ބަރަކާތްތެރި ރަމަޟާން މަސް ފެށެން އެންމެ 17 ދުވަހަށް ވެފައިވާއިރު ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ހެޔޮ ހަބަރެއް ލިބިގެން ގޮސްފިއެވެ.
އެއީ މުޅި ރޯދަ މަހު ގާޒާގެ ރައްޔިތުންނަށް ހިލޭ އަދި ވަރަށް އަގުހެޔޮކޮށް އިންޓަނެޓް ލިބިގެން ދިއުމެވެ.
މި ހިދުމަތް ގާޒާއަށް ދިނުމަށް ތައްޔާރުވަމުން އަންނަނީ ފިއުޒަން އިންޓަނެޓް ސާވިސް އެންޑް ކޮމިއުނިކޭޝަންސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އެ ކުންފުނިން ބުނެފައިވާގޮތުގައި ގިނަ ހިދުމަތްތަކެއް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ޗާޖު ކުރާ ހިދުމަތްތަކަށްވެސް ޗާޖު ކުރާނީ ވަރަށްވެސް ކުޑަ އަގެއް ކަމަށެވެ.
މި ކެމްޕޭން އެ ކުންފުނިން ގެންދަނީ "ރަމަޟާން އަލް ޚައިރް" މި ނަމުގައެވެ.
އެ ކުންފުނިން ބުނެފައިވާގޮތުގައި މި ކެމްޕޭން ރަމަޟާން މަހާއި އިތުރު އެއް މަސް ދުވަހަށް ގާޒާގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް