ސައުދީ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ ގިނަ އަދަދެއްގެ ގައިދީންތަކެއް މިނިވަން ކުރަން ސައުދީން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށެވެ.
މިކަން ހާމަކޮށް ޕާކިސްތާނުން ސައުދީއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ރާޖާ އަލީ އީޖާޒް ވިދާޅުވެފައިވަނީ ރޯދަ މަހާއި ދިމާކޮށް ޕާކިސްތާނަށް އޮތީ ހެޔޮ ހަބަރެއް ކަމަށެވެ.
ދޫކުރާ ގައިދީންގެ ސީދާ އަދަދު ހާމަ ނުކުރި ނަމަވެސް މިހާތަނަށް މިގޮތުން ފަސް ގައިދީއަކު ދޫކޮށްފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މުސްލިމް އެކި ގައުމުތަކަށް ނިސްބަތްވާ ގައިދީން ރަމަޟާން މަހާއި ދިމާކޮށް މިނިވަންކުރުމަކީ ސައުދީން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. މިފަދައިން ދޫކުރަނީ ކުދި މައްސަލަތަކުގައި ހައްޔަރުކޮށްފައިތިބޭ ގައިދީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް