ސެނަހިޔާ ހޮސްޕިޓަލް ކައިރިން ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނެއްގެގައި ޓެކްސީއަކުން ޖެހުނު މައްސަލާގައި ޓެކްސީ ދުއްވަން އިންމީހާގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްއާ ގުޅިގެން ޓެކްސީ ދުއްވަން އިން މީހާގެ މައްސަލަ ތަހުގީގު ކޮށް އެ މައްސަލާގައި ދައުވާ ކޮއްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އިއްޔެ ކަމަށެވެ. އަދި މި މައްސަލާގައި ޓެކްސީ ޑްރައިވަރުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު އޭނާގެ ޑްރައިވިންގް ލައިސެންސް ވަނީ ދެ އަހަރު ދުވަހަށް ހިފަހައްޓާފައިކަމަށާއި އޭނާއަށް ދޫކޮއްފައިވާ ޓެކްސީ ކުރުމުގެ ހުއްދަވެސް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ބާތިލް ކޮއްފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ބާރަވަނަ ދުވަހުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އިމުރުން 46 އަހަރުގެ އަންހެނަކަށެވެ. މި އަންހެންމީހާއަށް ލިބުނު ގެއްލުންތަކަށް އޭޑީކޭ އިން ފަރުވާދީފައިވާއިރު، މި އަންހެންމީހާ އެ ހާދިސާއަށް ފަހު ހޭއަރާފައިވަނީ މާރޗްމަހުގެ ފަހު ކޮޅުގައެވެ.
މި އެކްސިޑެންޓުގައި އިތުރު އަންހެން މީހަކަށް އަނިޔާވެފައި ވީނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް