ފްލެޓް އަޅަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅޭ އަހްމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން އިންޓަޕޯލްގެ އެހީއަށް ދިވެހި ފުލުހުން އެދިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.
ސީޕީ ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައިވަނީ އިންޓަޕޯލް ރެޑް ނޯޓިސް އަކީ ފިލައިގެން އުޅޭ ފަރާތްތައް ހޯދުމުގައި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދަން ނެރެވޭ ނޯޓިސް އެއް ކަމަށާއި ސީލައިފް މައްސަލައިގާ އައްމަޓީ ހޯދަން ރެޑް ނޯޓިސް ނެރެދިނުމަށް އިންޓަޕޯލް ކުރެން އެދިފައިވާނެކަމަށެވެ. އަދި ވަރަށް އަވަހަށް ރެޑް ނޯޓިސް ނެރޭނެ ކަމުގައިވެސް ސީޕީ ވިދާޅުވެފައިވެއެވެ.
އައްމަޓީ ފިލައިގެން އުޅޭއިރު ހުޅުމާލެ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ސީ ލައިފްއާ ހަވާލުކުރީ ހުޅުމާލޭގައި ތިން ހާސް ހައުސިން ޔުނިޓް އެޅުމަށެވެ. 200 އަށްވުރެ ގިނަ މީހުން އަތުން ފައިސާ ނެގި ނަމަވެސް އެ ޔުނިޓުތައް އަޅާފައެއް ނުވެއެވެ. ފައިސާ ދެއްކި ފަރާތްތަކަށް ފައިސާ އަނބުރާ ދޭން ޖެހުމުން އައްމަޓީ އުޅެނީ ފިލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް