ފޭރުމުގެ ބޮޑު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ އެއްވެސް ވަރަކަށް ހޯދިފައި ނުވާ ކަމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފިއެވެ.
ބޮޑު ދެ މައްސަލައިގެ ތެރޭގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޖަމާކުރަން ގެންދިޔަ 2.3 މިލިއަން ރުފިޔާ ފޭރިގަތް މައްސަލަ އަކާ، މިފްކޯގެ ވޭނެއް ހުއްޓުވާ އޭގައި ހުރި ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލަ ހިމެނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މައުލޫމާތު ދެމުން ވިދާޅުވީ، މިފްކޯ މައްސަލައިގައި ދެ މީހުން ހައްޔަރު ކުރި ކަމަށާއި، އެތަނުން އެކަކު ކޯޓުން މިނިވަން ކުރި ކަމަށެވެ.
އަދި އެސްބީއައި މައްސަލާގައި ޖުމްލަ ހަ މީހަކު ހައްޔަރު ކޮއްފައިވާއިރު، އެ ހަ މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ. އަދި މީގެ ތެރެއިން ކުޑަ ދެ ކުދިންނާއި އެއް މީހަކު ކޯޓުން ދޫ ކޮއްލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ދެ މައްސަލާގައި ވެސް އެ މައްސަލާގައި ހިމެނޭ ފައިސާ ހޯދިފައި ނުވާ ކަމަށާއި، އެކަމުގައި ކުރިއެރުމެއް ނުލިބޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް