މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއަށް އެކި ފަރާތްތަކުން ލިބެންޖެހޭ 14.3 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ 14.3 މިލިއަން ޑޮލަރު ނުވަތަ 220 މިލިޔަން ރުފިޔާއަކީ ތިން ފަރާތަކުން ލިބެންޖެހޭ ފައިސާ ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތޮއްޔިބު ވިދާޅުވިއެވެ.
އެ ތިން ފަރާތަކީ ކޮބައިކަން ހާމަ ނުކުރި ނަމަވެސް، ފައިސާ ހޯދުމުގެ މަސައްކަތް މިހާރު އޮތީ ކޯޓު މަރުހަލާގައި ކަމަށާއި، ވީހާވެސް އަވަހަކަށް އެ ފައިސާ ލިބުމަށް އުންމީދު ކުރާ ކަމަށް ވެސް ތޮޔިބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީއަށް ގިން އަދަދެއްގެ ފައިސާ ލިބެންޖެހޭއިރު ސަރުކާރު ހަވާލުވިއިރު އެމްއެމްޕީއާރުސީންވެސް ގިނަ އަދަދެއްގެ ފައިސާ އެކި ފަރާތްތަކަށް ދައްކަންޖެހިފައި އޮތްކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި އެގޮތައް މިހާތަނަށް ފަސް މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް