އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރަނީ

އެމްއެމްޕީއާރުސީގެ ނަން ބަދަލު ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ. އެމްއެމްޕީއާރުސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަ...

18 Apr 2019 | 09:17

އެމްއެމްޕީއާރުސީގެ ނަން ބަދަލު ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮއްޔިބު ވިދާޅުވީ، ނަން ބަދަލު ކުރުމުގެ ގޮތުން މިހާރު ބައެއް ނަންތައް ރައީސް އޮފީހަށް ފޮނުވާފައި ވާނެކަމަށެވެ.

ތޮއްޔިބު އިތުރަށް ވިދާޅުވީ، މިވަގުތު ފާއިތުވެ ދިޔަ ތަނުގައި ކަންތައްތައް ހިނގާދިޔަ ގޮތް މުހިއްމު ނޫން ކަމަށާއި ކުރިއަށް ވިސްނައިގެން ދިއުން ރަގަޅު ކަމުގައެވެ.

ފާއިތުވެދިޔަ އަހަރުގައި އެންމެ އަޑު ގަދަކޮށް ދެކެވުނީ އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތުގެ ވާހަކައެވެ. މި ހިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ނަން ބަދަލު ކުރި ކަމުގައި ވިޔަސް އެމްއެމްޕީއާރުސީގެ ނަމަކީ ދިވެހިން އެހާ ފަސޭހައިން ހަނދާން ނެތޭނެ ނަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް