ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް މީގެ ކުރިން ފަށްފަށުން ފާޑު ކިޔައިފައިވާ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިއަދު ރައީސް މައުމޫނަށް ތައުރީފްކޮށްފިއެވެ.
ފަލާހް މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރައީސް މައުމޫން ޕީޕީއެމް ގައި ހުންނެވި ނަމަ ޕީޕީއެމް ގައި މިއަދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނުއުދެދުނީސް ކަމުގައެވެ.
https://twitter.com/IbrahimFalahR/status/1118587225287999489
ފަލާހް މި ފަދައިން ޓްވީޓް ކުރިއިރު، ޕީޕީއެމްގެ ރައީސްކަމުން ރައީސް މައުމޫން ވަކިކުރަން ފަލާހް ވަނީ ތާއީދު ކޮށްފައެވެ. އަދި އެކި އެކި ޖަލްސާތަކުގައި ފަށްފަށުން ފަލާހް ވަނީ ރައީސް މައުމޫނަށް ފާޑު ކިޔާފައެވެ.
މީގެ ކުރިން ފަލާހް ވަނީ ރައީސް މައުމޫނަކީ "އެމްޑީޕީ"ގެ ރައީސް ގެ ގޮތުގައިވެސް ސިފަ ކޮށްފައެވެ. އަދި ޕީޕީއެމް ރައީސް މައުމޫންގެ އަތްދޮށުގައި ވީއިރު ޕީޕީއެމަށް 25،000 މެމްބަރުންވެސް ހަމަނުވާއިރު، ޔާމީނާއެކު ރިޔާސީ އިންތިޚާބާ ކުރިމަތިލާނީ 120،000 މެމްބަރުންނާ އެކު ކަމަށް ބުނެ ވެސް ފަލާހް ވަނީ ރައީސް މައުމޫނަށް ފާޑު ކިޔާފައެވެ.
ޕީޕީއެމް ދެބައި ވާން ޖެހުނީ ދެ ލީޑަރުންގެ ހިޔާލު ތަފާތުވުމުގެ ސަބަބުންނެވެ. މިހާރު ޕީޕީއެމް އަކީ ކުރީގެ ރައީސް ޔާމީންގެ ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީ އުފެއްދި މޭސްތިރިއަކީ ކުރީގެ ރައީސް މައުމޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް