ސެމްސަންގުން މި މިހުގެ 26 ގައި އާންމުކޮށް ވިޔަފާރިއަށް ދޫކޮށްލުމަށް ހަމަޖެހިފައިވާ އެ ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނު މައްސަލަ ޖެހެން ފަށައިފިއެވެ.
މިކަން ފެންމަތިވެފައިވަނީ ރިވިއުއަށް ބައެއް ޓެކް ނޫސްވެރިންނަށް ދޫކޮށްލި ފަތްޖެހޭ ފޯނުތަކުގައި މައްސަލަ ޖެހެން ފެށުމުންނެވެ.
އެގޮތުން ޓެކް ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބޭނުންކުރަން ފެށިތާ އެއް ދުވަސްތެރޭގައި މައްސަލަ ޖެހެން ފެށިއެވެ. ޖެހޭ މައްސަލަ ތަކަކީ ޑިސްޕްލޭ އެއްކޮށް ހަލާކުވުމާއި ޑިސްޕްލޭ ނިވިދިލޭ ގޮތް ވުމެވެ.
މިކަން ޓްވީޓް ކުރަމުން ބްލޫމްބާގްގެ ރިޕޯޓަރު މާކް ގާމަން ބުނެފައިވަނީ އޭނާއަށް ލިބުނު ފަތްޖެހޭ ފޯނު ޑިސްޕްލޭ އެންމެ ދެ ދުވަސްތެރޭގައި އެއްކޮށް ހަލާކުވެފައިވާކަމަށެވެ.
މި ފޯނަށް ސެމްސަންގުން ދީފައިވާ ނަމަކީ ގެލެކްސީ ފޯލްޑް އެވެ. މި ފޮނު މި މަހުގެ 26ގައި އާންމުކޮށް ވިއްކަން ފަށާއިރު މި ފޯނަކީ، ހުޅުވާލުމުން ފެންނަ ޑިސްޕްލޭ ޓެބްލެޓެއް ވަރުގެ ޑިސްޕްލޭއަކަށް ބަދަލުވާ ފޯނެކެވެ. ސެމްސަންގުން ފަތްޖެހޭ ފޯނު ނެރޭއިރު ވާދަވެރި އެހެން ކުންފުނިތަކުންވެސް އަންނަނީ ފަތްޖެހެ ފޮނު ނެރެން ތައްޔާރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް