ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅާވާލައިފި

ކޮންމެ ދެ އަހަރަކުން އެއް އަހަރު އޮންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ "ރިވެލި" އެވޯޑަށް ކުރިމަތިލުމުގެ ފުރު...

18 Apr 2019 | 06:39

ކޮންމެ ދެ އަހަރަކުން އެއް އަހަރު އޮންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ "ރިވެލި" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަށް ހިމާޔަތް ކުރުމަށް ޖެންޑާ މިނިސްޓްރީން އެކުލަވައިލައިފައިވާ ކޮމިޓީއަކުން ދޭ އެވޯޑެކެވެ.

އެ މިނިސްޓްރީން ބުނީ، މި އެވޯޑު މިފަހަރު ދޭން ހަމޖެހިފައިވަނީ ނުވަ ދާއިރާއަކުން ބާރަ މީހަކަށެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުގެ ނަން ނޯމިނޭޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ކުރި މަސައްކަތުގެ ތަފްސީލު ސައްހަކަން އަންގައިދޭން ދެ ބޭފުޅެއްގެ ހެއްކާއި އެކީ ލިޔުމެއްގެ އިތުރުން އެވޯޑަށް އެދި ހުށަހެޅުމަށް ދޫކުރާ އެޕްލިކޭޝަން ފޯމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށްވެސް އެމިނިސްޓްރީން ވަނީ ޝަރުތުކޮށްފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ފުރަން ޖެހޭ ފޯމް ޖެންޑާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް