އަރައްބިޔާ ސުކޫލަށް ބޭނުންވާ 11 މުދައްރިސަކު ރާއްޖެ އަތުވެއްޖެ

އަލް މަދަރްސަތުން އަރަބިއްޔަތުލް އިސްލާމިއްޔާ ސުކޫލަށް މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ހަމަޖެއްސި ޓީޗަރުންގެ ތެރެއިން 11 ޓީޗަރުން އިއްޔެ ވަނީ ރާއްޖެ އަތުވެއްފައެވެ. އެ ޔުނިވަރސިޓީގެ 22 ޓީޗަރެއް އަރަބި...

18 Apr 2019 | 05:47

އަލް މަދަރްސަތުން އަރަބިއްޔަތުލް އިސްލާމިއްޔާ ސުކޫލަށް މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ހަމަޖެއްސި ޓީޗަރުންގެ ތެރެއިން 11 ޓީޗަރުން އިއްޔެ ވަނީ ރާއްޖެ އަތުވެއްފައެވެ.

އެ ޔުނިވަރސިޓީގެ 22 ޓީޗަރެއް އަރަބިއްޔާގައި ކިޔަވައިދޭން ހަމަޖެހިފައިވާއިރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އައިސްފައިވަނީ އޭގެތެރެއިން 6 ޓީޗަރުންނެވެ. އަދި އިތުރު 4 ޓީޗަރެއް މިއަދު ރާއްޖެ އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ ސްކޫލްގައި 848 ދަރިވަރަކު ތައުލީމް ހާސިލް ކުރަމުން އަންނައިރު، އަޒްހަރުން ފޮނުވަން ބުނި ޓީޗަރުން ނުފޮނުވާ ލަސްވުމުގެ ސަބަބުން ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ޓީޗަރުން ހަމަނުވުގެ ސަބަބުން ގިނަ މާއްދާތަކެއް ކިޔަވައި ނުދެވި ވަނީ މަޑު ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް