ދާދި ފަހުން ދިރާގުން ލޯންޗް ކުރި ދިރާގުޓީވީ އަށް ހާއްސަކޮށްގެން ދިރާގުން ހެޔޮ އަގުތަކަކާއި އެކީ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ކަސްޓަމަރުންނަށް އެންމެ އާދައިގެ ޕެކޭޖް 300ރ. އަށް ސަބްސްކްރައިބް ކުރުމުން ދިރާގުގެ "އެކްސައިޓްމެންޓް"ގެ އެޑް އޮން ޕެކޭޖް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަންގައި "އެކްސައިޓްމެންޓް" ޕެކޭޖުގައި ޖުމްލަ 22 ޗެނަލް ހިމެނޭކަމަށާއި، މި ޕެކޭޖުގެ އަގަގީ 120ރ. ކަމަށްވެސް ދިރާގުން ބުންޏެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގުޓީވީގެ ހުރިހާ ކަސްޓަމަރުންނަށް ހުރިހާ ޗެނަލެއްވެސް އެންމެ 399ރ. އަށް ބަލައިލެވޭނެކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން އިތުރަށް ބުނީ، 18 އެޕްރީލްގެ ކުރިން ދިރާގުޓީވީގެ އިންޓްރޯ ޕެކޭޖް ނަގާފައިވާ ފަރާތްތަކަށްވެސް ޖޫން މަހުގެ ނިޔަލަށް މި ޕްރޮމޯޝަންގެ ދަށުން ޓީވީ ބެލޭނެކަމުގައެވެ.
މި ޕްރޮމޯޝަން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް