އެލައިޑް އިންޝުއަރަންސް ކުންފުނީގެ ހެލްތް ކަސްޓަމަރުންނަށް ހާއްސަ "މައި އެލައިޑް" ޕޯޓަލް އިތުރު ވަސީލަތްތަކާއި އެކީ ރީބްރޭންޑްކުރުމަށްފަހު ތައާރަފްކޮށްފިއެވެ.
މި ޕޯޓަލް މިދިޔަ އަހަރު ލޯންޗްކޮށްފައިވާއިރު، މި ޕޯޓަލް ހާއްސަވެފައިވަނީ އެލައިޑުގެ ހެލްތް އިންޝުއަރަންސް ކަސްޓަމަރުންގެ ބޭނުންތަކަށެވެ.
އެލައިޑް އިންޝުއަރަންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ، އެލައިޑަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފަސޭހައިން ފުއްދޭނެ އިޖާދީ ކަންކަން ތައާރަފުކުރުމަށް ސަމާލުކަމެއް ދޭ ކުންފުންޏެއް ކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ، އެލައިޑް މޮބައިލް އެޕްލިކޭޝަނާއި އެއް ހަމައަށް މައި އެލައިޑްގެ ހިދުމަތް ފުޅާކު ރުމުން ގިނަ ކަސްޓަމަރުންތަކަކަށް އިންޝުއަރަންސް ހޯދުމުގައި ހޭދަވާ ވަގުތު މަދުވެ އޭގެ މަންފާ ކުރާނެކަމަށެވެ.
މި ޕޯޓަލްއިން އަލަށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި، މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސް، ތަކާފުލް ނެގުމާއި އާ ކުރުން، ހޯމް ކޮންޓެންޓްސް ތަކާފުލް، ހައްޖު އަދި އުމްރާ ތަކާފުލް ނެގުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް