ފަރީދީ މަގު ފަތަހަ ސުންބުލި ކައިރިން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ ސައިކަލަކުން، ހެލްމެޓް އަޅައިގެން ތިބި ދެމީހަކު ފޭރެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ ރޭ 23:32 ހާއިރުގައެވެ.
ހެލްމެޓް އަޅައިގެން ތިބި ދެމީހުން މި ފައިސާތަށް ފޭރިގަނެގެން ދަނިކޮށް ދެމީހަކު އެ ސައިކަލު ކުރިމައްޗަށް އަރައި ހުއްޓުވި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ވިދާޅުވީ، އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހުންނަށް މަންޒަރު ފެނިގެން ފޭރެން މަސައްކަތްކުރި އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަނެކަކު ފިލާފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ފަހަކަށް އައިސް ހެލްމެޓް އަޅައިގެން ފޭރޭ މައްސަލަ މިވަނީ ވަރަށް ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް